English Edition
Dhivehi Edition

އަވަށްޓެރިއާގެ ގޭގައި ހެދިފައިވާ ގަހެއްގެ މައްސަލަ ހޫނުވެ، ގަހުގެ ސަބަބުން އުދަގޫވާކަމަށްބުނެ އެ ގަހުގެ އެއްފަޅި ކޮށާލައިފިއެވެ

އިނގިރޭސިވިލާތުގެ ދިރިއުޅެމުން ދިޔަ ދެ އަވަށްޓެރިންގެ މެދުގައި ގަހުގެ މައްސަލަ ހޫނުވީ ދެގޭ ދޭތެރޭގައި ހެދިފައި ހުރި ގަހެއްގެ އެއްފަޅިން އުދަގޫވާތީއެވެ، އަދި އެންމެ ފަހުން މި މައްސަލަ ހައްލުކުރުމަށް ގަހާހެދި އުނދަގޫވާ ކަމަށް ބުނާ އަވަށްޓެރިޔާ ވަނީ ގަސް ކޮށުވާލައިފިއެވެ.

އައިރީން އާއި ގަރހަމް އަދި މިސްޓްރީ އާއި ސަންގީތާ އަކީ ޖެހިގެން ހުރި ދެގޭގައި ދިރި އުޅެމުން އަންނަތާ 30 އަހަރުވެފައިވާ އަވަށްޓެރިންނެވެ.

ގަސްކަނޑާލި ހާދިސާ އަށްފަހު މިސްޓްރީ ބުނީ، ދެ އަވަށްޓެރިން ވެސް މިހާތަނަށް އުޅެމުން އައީ ވަރަށް އެކުވެރިކޮށް ކަމަށެވެ. އައިރީންގެ މާމާ ދަރިން އެގެއަށް އައިމަ އެކުދިން އަހަރެންގެ މާމަ ދަރިންނާ އެއްކޮށް ކުޅެހަދައެވެ. އަބަދުވެސް ގާތް ގުޅުމެއްބާއްވަމުން އައި މި ދެ އަވަށްޓެރިން ގަހުގެ މައްސަލައި ހަތުރުންނަށް ވެފައިވާ ކަމަށް މިސްޓްރީ ބުނެއެވެ.

“އެއްދުވަހަކު ގަރހަމް އައިސް ބުނަނީ މި ގަހުގެ އުނދަގޫ ވަރަށް ބޮޑުކަމަށް. ގަހަށް ކޮތަރުތައް އައިސް ހާލިހަދާ ބިސްއަޅައި ކޮތަރުގެ ގުއި މުޅި ސަރަހައްދަށް ފައިބާތީ އުނދަގޫވާ ކަމަށް. ދެން އަހަރެން ބުނިން ދޫނިތައް އަބަދުވެސް އެ ގަހުގައި އުޅޭނޫންހޭ. އެހެން ބުނުމުން ގަރހަމް ބުނީ ކާރު ބާއްވަންވެސް އުނދަގޫ ވާކަމަށް އެގަހާހެދި. އެހާ ހިސާބުން އަހަރެން ބުނިން ގަސްކޮށާ މީހުން އަގުބޮޑު ކަމުން ނުކޮށުވިގެންނޭ މިއުޅެނީ. އެކަމަކު ވަރަށް އަވަހަށް ކޮށާދޭނަމޭ. މިހެން ހުއްޓާ ފެނުނީ ކުއްލިޔަކަށް ގަރހަމް ގަސްކޮށާ މީހަކު ގޮވައިގެން އައިސް އެގަހުގެ އެގެއާވީ ފަޅި އެއްކޮށް ކޮށުވާލިތަން” މިސްޓްރީ ކިޔައިދިނެވެ.

ކ.ވ އައިރިން އަދި މިސްޓްރީ އާއިސަންގީތާ

ގަހުގެ މައްސަލައިގައި މި ދެއާއިލާ މިހާރު ވާހަކަ ނުދައްކައެވެ. އެހެން ނަމަވެސް މިސްޓްރީ ބުނީ އެދެމެފަރިންނަށް އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށާއި އެމީހުން ވާހަކަ ދެއްކިއްޔާ ވާހަކަވެސް ދައްކާނެކަމަށެވެ.

މި ހާދިސާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރު ވުމާއެކު ގިނަބަޔަކު ބުނީ މިއީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގައި ލާމަސީލު އަދި މިހާތަނަށް ފެނުނު އެންމެ ރަނގަޅު އަވަށްޓެރިން ކަމަށެވެ. އެހެން ނަމަވެސް އެހެން އަވަށްޓެރިއަކު ބުނެފައިވަނީ ރީތި ގަހަކަށް އެހެން ހެދުމަކީ ލަދު ގަންނަން ޖެހޭކަމެއް ކަމަށާއި އެނޫނަސް އެހެން ގޮތަކަށް އެމީހުންނަށް ދިމާވި މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.