English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ރައީސް ޔަމީން މިނިވަންކުރުމަށް، އިނގިރޭސިވިލާތުގެ ޑިޓެންޝަން ޖަލެއްގައި ބަންދުކޮށްފައިވާ އަލީ ވަހީދު ގޮވާލާފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވިޓެއްގައެވެ.

އަލީ ވަހީދުގެ ޓުވިޓްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޯއޮންނާނެކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒްނުކުރެވުނީ މި ސަބަބާއި ހެދިކަމަށެވެ. އަލީ ވަހީދުގެ ޓުވިޓްގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފައިވާއިރު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުންވެސް އަންނަނީ އެ މަނިކުފާނު ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅުން ބުނަމުން އަންނައިރު މި މައްސަލަ ބެލުމަށްވެސް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.