ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ފިޔަވައި ގުޅިފައިވާ އަވަށްތަކުގައި ކާފިއު އުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިތަދޫ ފިޔަވައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
އައްޑޫ ސިޓީއިން އެޕްރީލްމަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި ވަނީ ބަލި ކޮންޓްރޯލްކުރެވިފައެވެ.
ހިތަދޫ އިން މިހާރުވެސް ކޮވިޑް ޖެހިފައިވާ 123 މީހަކު ތިބިއިރު އެ އަވަށުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ.