English Edition
Dhivehi Edition
ގަން އެއާޕޯޓުގައި ހިންގި އޭޝިއަން އެކެޑެމީ އޮފް އެރޯނޮޓިކްސްގެ ފްލައިޓްތަކެއް - ފޮޓޯ: އޭއޭއޭ

އައްޑޫ ސިޓީގައި އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލް ހިންގުން އެވިޑް ކޮލެޖާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ. އޭއޭއޭގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.

އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.

ފްލައިންގް ސްކޫލްގެ މައްސަލަތައް ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން ފަރާތަކުން އޮޑިޓެއް ހަދައި، މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވާނަމަ އިހުމާލުވި ފަރާތްތަތާ މެދު ފިޔަވަޅު އަޅަން ރައީސް އޮފީހުންވެސް ވަނީ ނިންމާފައެވެ.