English Edition
Dhivehi Edition

ގއ އަތޮޅުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް ގއ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ގއ އަތޮޅުން ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގއ އަތޮޅު ރަށްތަކުން މިހާތަނަށް ޖުމްލަ 609 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 477 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އެ އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 129 އަށް އަރައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ އަދަދު 3 ކަށް އަރައެވެ.

ގއ އަތޮޅުން އިއްޔެ ހަވީރުގެ6:00 އާއި ހަމައަށް 24 ގަޑި އިރުތެރޭގައި ޖުމްލަ 16 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ ގއ ވިލިނގިލިން އެކަކު، ގއ މާމެންދޫއިން 03 މީހުން، ގއ ދާންދޫ އެކަކު، ގއ ގެމަނަފުށިން 02 މީހުން، އަދި ގއ ކޫއްޑޫއިން 09 މީހުންނެވެ.

ގއ އަތޮޅުގައި ހަލުވި ކަމާއިއެކު ކޮވިޑް 19 ފެތުރެމުން ދާތީ ބައެއް ރަށްތަކުގައި ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ގއ ވިލިނގިލި، ގއ މާމެންދޫ، ގއ ގެމަނަފުށި އަދި ގއ ދާންދޫގައި ދަނީ ކާފިޢު ހިންގަމުންނެވެ.