English Edition
Dhivehi Edition
ގެމަނަފުށީގައި ރެންޑަމް ސާމްޕްލިން ނެގުމުގެ މަސައްކަތުގައި ޓީމެއް ހަރަކާތްތެރިވަނީ

ގއ.ގެމަނަފުށިން އިތުރު ކޭސްތަކެއް ފެންނަމުންދާ ކަމަށާއި، މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަަސައްކަތް ވަރަށް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށް ގެމަނަފުށީ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

ގެމަނަފުށީގެ ހާލަތު ދެނެގަތުމުގެ ގޮތުން ދާދިފަހުން ނެގުނު ސަތޭކަ ސާމްޕަލް ވެސް ވަނީ ކޮވިޑަށް ނައްސި ވެފައި ވާކަމަށާއި، ފާއިތުވި ދެތިން ދުވަހު ފައްސި ވެފައިވާ 4 ފަރާތަކީ އަލާމާތްތަށް ފެންނަމުންދާތީ އެފަރާތްތަކުން އަމިއްލައަށް އެދިގެން ނެގުނު ސާމްޕަލްތަަކެއް ކަމަށް ގެމަނަފުށީ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އަދި މި ކޭސްތަކުގެ ލިންކް އައިސްފައިވާގޮތެއް ބުނަން ދަތިކަމަށާއި، މި ކޭސްތައް އައިސްފައިވާގޮތް ދެނެގަތުމަށް އިތުރަށް ބަލަމުންދާކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ގެމަނަފުށި މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މިއަދާހަަމައަށް 37 ދުވަސް ވެފައިވާއިރު މިހާތަނަށް 95 ފަރާތެއް ވަނީ ބައްޔަށް ފައްސި ވެފައެވެ. މީގެތެރެއިން 83 ފަރާތެއް މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ. މިއާއި އެކު މިހާރު ގެމަނަފުށީގެ އެކްޓިވް ކޭސްގެ އަދަދަކީ 12 އެވެ. މީގެތެރެއިން އެއްފަރާތަކަށް މިހާރު ގެމަނަފުށީ ސިއްޙީމަރުކަޒުން ދަނީ ފަރުވާ ދެމުންނެވެ.