ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް ގެންނަން އުޅޭ އިސްލާހަށް ތާއިދުކޮށް، ތައްޔާރު ކުރި ޕެޓިޝަނުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އޮންލައިންކޮށް ސޮއި ހުށަހެޅޭ މި ޕެޓިޝަންގެ ލިންކް ޚިއްސާ ކުރައްވަމުން ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ނަފުރަތު އުފެއްދުމަށްޓަކައި މީހުންގެ ބޮލުގައިކަންކަން އެޅުން ޖިނާއީ ކުށަކަށް ހަދަން ތާއީދުކޮށް އެ ޕެޓިޝަންގައި އެންމެން ވެސް ސޮއިކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
“ހަރުކަށި ފިކުރާ ދެކޮޅަށް” އެކުލަވާލާފައިވާ އެ ޕެޓިޝަންގައި ލިޔެފައިވަނީ އާންމު ތަންތަނުގައި އެކަކު އަނެކަކާ ދިމާއަށް “ކާފަރު” ކަމަށް ގޮވުމާއި “ލާދީނީ” ގޮވުމާ ދެކޮޅުވާ ކަމަށެވެ.އަދި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށެވެ، މީގެ އިތުރުން އެ ލިޔުމުގައި ވަނީ ބޭނުންވަނީ ތަހުޒީބީ، މެދު މިނުގެ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށެވެ. މީގެ އިތުރުން އެ ޕެޓިޝަނުގައިވަނީ ޤާނޫނު މި ގޮތަށް ބަދަލު ކުރަން ޖެހޭ ސަބަބަކީ، މި ގޮތަށް ލޭބަލް ކުރި ބައެއް މީހުންގެ ފުރާނައަށް ފަހުން ނުރައްކާވެފައި އޮތް އޮތުން ކަމަށާއި މި ގޮތުން ރައީސް ނަޝީދަށް އެ ގޮތަށް ލޭބަލް ކޮށް އެމަނިކުފާނަށް ދާދި ފަހުން ދެވުނު ބޮމުގެ ހަމަލާވަނީ ފާހަނގަކޮށްފައެވެ.
ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ހިޔާލު ހޯދުމަށްވަނީ ނިންމާފައެވެ. މި ގޮތުން އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިންކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.
މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.