English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 11 މީހުން ކަމަށް ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

އެސެންޓަރުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ހަވީރުގެ 5:00 އިން މިއަދު 5:00 އާއި ހަމައަށް ޖުމްލަ 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި 10 ދިވެހިންނާއި 1 ބިދޭސިއެކެވެ. އެއީ ކޮންޓެކްޓް ޓްރޭސިން އިން ނެގުނު ސާމްޕަލް ތަކުުން ޕޮޒިޓިވް ވި 8 މީހަކާއި، ނެގުނު ރެންޑަމް ސާމްޕަލް ގެ ތެރެއިން 2 މީހެކެވެ.

ފުވައްމުލައް ސިޓީއިން ޖުމްލަ 711 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 509 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު ފުވައްމުލައް ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 122 އެވެ.

އެ ސިޓީގައި ހަލުވި ކަމާއިއެކު ކޮވިޑު 19 ފެތުރެމުންއައިސްފައިވާތީ 22 މެއި އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.