English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް ލައިފް

ފުވައްމުލައް ސިޓީގައި ކޮވިޑް-19އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި ފުވައްމުލަކުގައި ހުރި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެމުންދޭތޯ ކަށަވަރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެކުރިންވެސް ފުވައްމުލަކު ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިފަދަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށް ދޭތެރެ ދޭތެރެއިން މިފަދަ އިންސްޕެކްޝަންތައް ފުވައްމުލަކު ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ހިންގަމުން އަންނައިރު އެ ސިޓީ އިން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އަނެއްކާވެސް ވަނީ ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.