ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 21 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ފައްސި ނަތީއްޖާ ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ފްލޫ ންލިނިކުން ސާމްޕަލް ނެގި 11 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 06 މީހަކާއި ހޯމް ކަރަންޓީން ނިންމުމަށްފަހު ރިލީޒިންގ ސާމްޕަލް ނެގި 03 މީހެއްގެ އިތުރުން ރެންޑަމް ސާމްޕަލިންގ ތެރެއިން ސާމްޕަލް ނެގި 01 މީހަކު ހިމެނެއެވެ.
މިއަދު ގދ. ތިނަދޫގައި ކޮވިޑް ޖެހި 79 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. މިވަގުތު ތިނަދޫގައި ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 02 ގައެވެ.
ބައްޔަށް ޓެސްޓް ކުރުމަށްޓަކައި އެރަށުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި 68 ސާމްޕަލާއެކު ޖުމްލަ 4،237 ސާމްޕަލް ނަގާފައިވާއިރު ކުރިން ނެގި ސާމްޕަލްތަކަކާއެކު 200 ސާމްޕަލެއްގެ ނަތީއްޖާ ވަނީ ނުލިބިއެވެ.
ގދ. ތިނަދޫގައި މިހާތަނަށް 385 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެތެރެއިން 200 މީހުން ބަލިން ރަނގަޅުވެ މިވަގުތު ފަރުވާ ހޯދަމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ތިން މީހަކާއެކު ޖުމްލަ 171 މީހުންނެވެ.