English Edition
Dhivehi Edition

ގދ. ތިނަދޫގައި ދެންމެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

އެކްސިޑެންޓް ހިނގީ ތިނަދޫ ރަންނަބަނޑޭރި މަގުގައި އިސްލާމިކް ސެންޓަރ ކައިރިންނެވެ. އެކްސިޑެންޓް ހިނގީ ފުލުހުންގެ ސައިކަލަކާއި ކާބޯތަކެތި ޑެލިވަރީކުރަން ނިކުމެ އުޅުނު ޒުވާނެއްގެ ސައިކަލް ޖެހިގެންނެވެ.

މަންޒަރު ދުއް މީހަކު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ ފުލުހުންގެ ސައިކަލު ދުއްވަން އިން ފުލުސް މީހާ ޒުވާނާގެ ފަހަތުން އައިސް ސައިކަލުގައި ޖެހުނީ ކޮންޓްރޯލު ނުކުރެވިގެން ކަމަށާއި ޒުވާނާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ގަވާއިދާއި ހިލާފަށް ސައިކަލް ދުއްވާތީ ހުއްޓުވުމަށް ފުލުހުން ދުއްވަމުން އަންނަނިކޮށް ސިގްނަލް ނުދީ ގޯޅި އަޅަން އުޅުމުން ހިނގާދިޔަ އެކްސިޑެންޓެއް ކަމަށްވެސް އޭނާ ބުނެއެވެ.