English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ، ދެ މީހުން ހަމަލާ ދިނުމުގެ ފަސް ދުވަސް ކުރިން ފުލުހުން ކަނޑުމަތިން ހިފެހެއްޓި ލޯންޗެއްގައި ތިބިކަމަށް ފުލުހުން ބުނެފިއެވެ.

ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށް ފުލުހުން މައުލޫމާތު ހާމަކޮށްފައިވާ ހަތަރު މީހުންނަކީ އަދުހަމް އަހްމަދު، މުޖާޒް އަހްމަދު، އަހްމަދު ފާތިހު އަދި ތަހްމީން އަހްމަދެވެ.

މި ހަތަރު މީހުންގެ ތެރެއިން ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދު ކަނޑުމަތިން ހިފެހެއްޓި ލޯންޗުގައި ތިބިކަން ހާމަކުރަމުން ފުލުހުން މިއަދު ބުނީ ރިން ޕޮލިހުން އެ ލޯންޗް ކަނޑުމަތިން ހުއްޓުވާފައިވަނީ، އާންމު ޕެޓްރޯލްގެ ދަށުން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަން ފާހަގަ ކުރެވިގެން ކަމަށެވެ.

ފުލުހުން ބުނީ އެކަން އެގިގެން ދިޔައީ ތަހްމީން އަހުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތެއްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައި ވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލި ބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ،

މިދިޔަ މަހު ހަ ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާ އަށް ފަހު ސިފައިންނާއި ފުލުހުން އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.