English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަހްމަދު ޝަރީފް އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރެއްވީ އޭނާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓުގައި ޝަރީފް ވިދާޅުވީ އިލެކްޝަނުން އިސްތިއުފާ ދެއްވީ ވޭތުވެދިޔަ ތިން އިންތިހާބުގައި އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއި އެކު ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތްތަކުގައި ފެންނާނެ ކަމުގެ އުއްމީދާއެކުގައި ކަމަށެވެ.

އަޙުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން ކަމުގެ ރައީސްކަމަށް އައްޔަން ކުރެވުނީ 2018 ވަނަ އަހަރުގެ މާޗް 03 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ.