ގދ.އަތޮޅު ކައުންސިލްގެ ރައީސް ގދ.ތިނަދޫ ޕަބްލިކް ވަރކްސްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އާއި ޕަބްލިކް ވަރކްސްގެ ސީނިއާރ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ހަސަން އާއި އެގްޒެކްޓިވް ޑިރެކްޓަރ ހައުލަތު އަލީއެވެ.
ޕަބްލިކް ވަރކްސް އަކީ ގދ.ތިނަދޫގެ އިތުރުން މިދެއަތޮޅުގެ (ގއ އަދި ގދ) ތަރައްޤީއަށް މަސައްކަތްކުރަމުން ގެންދާ ސަރުކާރުގެ މުއައްސަސާއެކެވެ.
އެއިދާރާގެ ހުރި ދަތިތަކާއި، ގޮންޖެހުންތަކާއި ބެހޭގޮތުން މިބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ގދ.އަތޮޅު ކައުންސިލާއި މިނިސްޓްރީއާއި ދެމެދު ހެދިފައިވާ އެއްބަސްވުން މުރާޖާ ކުރުމައީ ޕަބްލިކްވޯކްސްގެ ބެލުމުގެ ދަށުގައި ހުރި ވެހިކަލް ތަކުގެ ހާލަތު ދެނެގަނެ މަރާމާތް ކުރަން ޖެހޭ ވެހިކަލްތައް މަރާމާތު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެވުނު ކަމަށާއި ޕަބްލިކްވޯކްސްގެ އޮފީސް އިމާރާތަކީ ބައުވެފައި ހުރި އިމާރަތެއްކަމުން އެއިމާރާތް މަރާމަތު ކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކާއި މަސައްކަތްކުރެވޭނެ މާހައުލެއް އެއިދާރާގައި ގާއިމު ކުރެވޭނެ ގޮތަކާއިމެދު މަޝްވަރާކުރެވުނު ކަމަށްވެސް ކައުންސިލުން މައުލޫމާތުދީފައިވެއެވެ.
ކައުންސިލުން މައުލޫމާތުދިންގޮތުގައި އެއިދާރާއަކީ ބަޖެޓެއް ދީފައި އޮންނަ ތަނަކަށް ނުވާތީ ބަޖެޓުގެ ދަތިކަން ހުންނާތީ ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ނުކުރެވި މަސައްކަތް ހުއްޓުމަކަށް އަންނަ ވާހަކަ ވަނީ ހިއްސާކުރެވިފައެވެ. މިކަމަށް އެންމެ އެދެވޭނެ ހައްލެއް ހޯދުމަށް މިނިސްޓްރީތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުމަށް ވެސް މި ބައްދަލުވުމުގައި މަޝަވަރާ ކުރެވުނެވެ.
މިބައްދަލުވުން ނިންމާލަމުން ކުރިޔަށް ރޭވިފައި ހުރި މަސައްކަތްތައް ހިއްސާކުރެވި، އެމަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ހޯދަން މަސައްކަތް ކުރާނެކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.