English Edition
Dhivehi Edition

ވައްކަމުގެ މައްސަލައެއްގެ ތަހުޤީގަށް ހާޒިރުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދަންފަށައިފިއެވެ.

ފުލުހުންގެ ތަހުގީގަށް ހޯދަމުންދަނީ ސ. ހިތަދޫ / ޒަބަރުޖުދުގެ، ޢަބްދުﷲ މިސްތަޙް (36އަހަރެވެ).

ޕޮލިސް މީޑިއާ އިން ބުނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ .އަދި މި މަހުގެ 20 ވަނަ ދުވަހު 10:00 އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުވުމަށް ފުލުހުންވަނީ އަންގާފައެވެ،