English Edition
Dhivehi Edition

‘ސ.ގަން ބޮއި’ ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ

އެމްއެންޑީއެފް އިން ބުނީ ‘ސ.ގަން ބޮއި’ ކައިރީ މަސްވެރިކަން ކުރަން އުޅުނު ‘ރަސްއައިނު’ ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:12 ހާއިރުކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު އޭނާއަށް އަވަސް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ސަދަންއޭރިއާގެ ސީޖީ ސްކޮޑް އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރުން ވަނީ އާންމުވެފައިވާއިރު މަސްވެރިކަން ކުރަމުން އަންނައިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާ ބެހެއްޓުމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.