English Edition
Dhivehi Edition

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފިކަމަށް އުތުރު ކޮރިއާއިން ބުނެފިއެވެ. އުތުރު ކޮރިއާގެ ފޮރިން މިނިސްޓަރު ރީ ޔޮންގް ހޯ ވިދާޅުވީ ފުރަތަމަ ހަނގުރާމަ އިއުލާންކޮށްފައިވަނީ އެމެރިކާއިން ކަމަށާއި އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި މަންޒަރު މުޅި ދުނިޔެއަށް ފެނިގެން ގޮސްފައިވާކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާ ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާއިރު އެމެރިކާގެ ބޮން އަޅާ ޖެޓުތައް އުތުރު ކޮރެއާގެ ބޯޑަރު ކައިރިންވަނީ ދަތުރުކޮށްފައެވެ. ޓަރމްޕުގެ ވާހަކަތަކާއި ގުޅިގެން ދެގައުމުންވެސް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު ޓްރަމްޕުވަނީ ޓުވިޓާގައި އުތުރުކޮރިއާގެ ފޮރިން މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.ޓަރަމްޕު ވިދާޅުވީ އިތުރުކޮރެއާ އިން ހަނގުރާމައަށް މަގުފަހިވާ ކަންކަން ކުރާ ނަމަ އެ ގައުމުގެ ލީޑަޝިޕް މާގިނަ ދުވަހަކު ނޯންނާނެ ކަމަށެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން އުތުރުކޮރިއާ އިން ބުނެފައިވަނީ އެމެރިކާއިން ހަނގުރާމަ އިއުލާންކުރުމާ ގުޅިގެން އެ ގައުމަށް ބޮން އެޅުމުގެ ހުރިހާ ހައްގަކާއި ބާރެއް އުތުރުކޮރިއާ އަށް ލިބިގެންވާ ކަމަށެވެ. އަދި ކޮރެއާގެ ވައިގެ ސަރަހައްދުން ބޭރުގައިވެސް އެމެރިކާގެ ބޮންއަޅާ ބޯޓުތައް ވައްޓާލުމުގެ ހައްގު އޮންނާނެ ކަމަށް އެ ގައުމުންވަނީ ބުނެފައެވެ.