English Edition
Dhivehi Edition

“ރަންދި 26” އިން މަސް ކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ކަރަންޓީނުވާން ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް އިން އަންގައިފިއެވެ.

ކޫއްޑޫ މަސްކިރާ ބޯޓެއް ކަމަށްވާ “ރަންދި 26” އިން 4 ފަޅުވެރިޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ފާއިތުވެދިޔަ ހަފްތާގައި އެ ބޯޓުން މަސް ކިރުވި ހުރިހާ ދޯނިތަކުގެ ފަޅުވެރިން ކަރަންޓީނުވާން އަންގައިފިއެވެ. އަދި ހަމަ އެބޯޓުގެ 10 މުވައްޒަފަކުވެސް ވަނީ ފައްސިވެފައެވެ.

ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން 7 ދުވަހަށް އެކަހެރިވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން އެ ބޯޓުން މަސްކިރާފައިވާ 25 ދޯނީގައި ތިބި ފަޅުވެރިންތައް 14 ދުވަހަށް ކަރަންޓީނުވުމަށާއި ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަށް އެކަން ކަމާބެހޭ ފަރާތަށް އެންގުމަށް އެޗް.ޕީ.އޭ. އިން ވަނީ އަންގާފައެވެ.

މަސްކިރާ ބޯޓުގެ ފަޅުވެރިންނާއި މުވައްޒަފުން ފައްސިވުމާއި ގުޅިގެން ކޫއްޑޫ މިހާރުވަނީ މޮނީޓަރިންގގެ ހާލަތަށް ގެނެސްފައެވެ. އެ ބޯޓު ބަނދަރުކުރި ރަށްތަކުގެ ތެރޭގައި ގދ. ގައްދޫ އާއި ގއ. ކަނޑުހުޅުދޫ ވެސް ހިމެނެއެވެ.