English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅުގެން އައްޑޫ ސިޓީގެ އެހެން އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫ މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެވިދާނެކަމަށާއި އެހެންނަމަވެސް ޕޮޒިޓިވް ކޭސްތައް މަދުކަން ޔަގީން ވާންޖެހޭނެ ކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ މި ދެ އަވަށް ލުޔެއް ދެވިދާނެކަމަށާއި އެހެންނަވެސް އެކްޓިވް ޕޮޒިޓިވް ކޭސް އެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އާބާދީގެ ނިސްބަތައް ބަލައިންގެން، ވަކި ސައްތައެއްގެ ރެންޑަމް ސާމްޕަލްތައްވެސް ނަގަންޖެހޭ ކަމަށާއި އަދި ސާމްޕަލްތައް ނެގެޓިވްވާންޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ

އިތުރަށް ނިޒާރު ވިދާޅުވީ އެކަން އެހެން ކުރެވިއްޖެ ނަމަ މި ދެ އަވަށަަށް ލުއި ތަކެއް ދެވިދާނެކަމަށެވެ. “އޭގަ ރައްޔިތުން ކެތްތެރިވެލައިގެން މިހާރު ހުރި ފިޔަވަޅުތަކާއެކު ދުވަސްކޮޅަކަށް ކެތްތެރިވެލައިގެން ތިބެފިނަމަ މި ދެންނެވި ހޯމް ކަރަންޓީންގައި ތިބި މީހުން ރަނގަޅުވުމުން ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްފަހު ލުއިތަކެއް ދެވިދާނެ .ހާއްސަކޮށް ހުޅުދޫ މީދޫ އަށް ލުއިތަކެއް ދިނުމަކީ ގާތްކަމެއް. އެ ގޮތަށް މަޝްވަރާކުރެވިދާނެ. މީގެ ކުރިންވެސް ހުޅުދޫ މީދޫ އިން ކޭސްތައް ފެނިގެން ދިޔައިރު އަދި ގުޅިފައިވާ ރަށްތަކަށް ފިޔަވަޅެއް ނާޅާ. އެހެންކަމުން އަޅުގަނޑުމެންނަށް އެ ދެ ރަށްވެސް އިސްތިސްނާކުރެވިދާނެ. އެއީ ހަމަކުރެވިދާނެކަމެއް” މޭޔަރ ނިޒާރު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ނިޒާރު މިހެން ވިދާޅުވެފައިވާއިރު ހުޅުދޫ މީދޫ އިން މިދިޔަ ހަފްތާ ތެރޭގައި ނެގި އެއްވެސް ރެންޑަމްސާމްޕަލެއް ޕޮޒިޓިވްވެފައެއް ނުވެއެވެ.އަދި މިމަހިގެ ތިންވަނަ ދުވަހުން ފެށިގެން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާއިރު އެ ދެއަވަށުން އެންމެ ފަހުން ޕޮޒިޓިވްވީ ހޯމް ކަަރަންޓީންގައި ތިބި މީހުންނެވެ