English Edition
Dhivehi Edition
ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ފެރީއެއް

އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ހަފްތާއަކު ދެ ދުވަހު ހުޅުދޫ މީދޫ އަށް ފެރީގެ ހިދުމަތް ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫ މީދޫގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ.

އިތުރަށް މޭޔަރު ވިދާޅުވީ ހުޅުދޫ މީދޫ އިން ދަތުރުކުރެވޭނީ ހަމައެކަނި އެސްއެސްޑީ އިން ހުއްދަ ދޭ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި މި ހާލަތުގައި، ޒަރޫރީ ބޭނުންތަކަށް ނޫން އެހެން ގޮތަކަށް ދަތުރު ނުކުރުމަށް މޭޔަރު ވަނީ އިލްތިމާޒްކުރައްވާފައެވެ.