English Edition
Dhivehi Edition

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ) އިންތިޚާބުވެއްޖެއެވެ.

އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލާއި ސިޓީތަކުގެ ފަރާތުން އެލްޖީއޭގައި ތަމްސީލުކުރާނެ މެމްބަރުން ހޮވުމަށް އިލެކްޝަންސް ކޮމިޝަން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި އިއްސެ އާއި ވާދަކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒުއެވެ.

ސިޓީ ކައުންސިލަރުންގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރު އިއްސެއަށް 24 ވޯޓު ލިބުނު އިރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިފައިވަނީ 21 ވޯޓެވެ.

ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ 25 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްގެ 18 ކައުންސިލަރުން ތިއްބަވައެވެ. އަދި ޖުމްހޫރީޕާޓީ އެއް ކައުންސިލް މެމްބަރު ހިމެނޭއިރު އަމިއްލަ 03 ކައުންސިލަރުން ތިއްބަވައެވެ.