English Edition
Dhivehi Edition

ގއ. ކޫއްޑޫ އަދި މާމެންދޫއިން ކޮވިޑްގެ ކޭސްތައް ފެންމަތިވެ މޮނީޓަރިންގ ހާލަތަށް ގެނެސްފިއެވެ.

މިދެރަށް މޮނީޓަރިންގއަށް ގެނެވުނުކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން ވަނީ ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައެވެ.

ކޫއްޑޫ ބަދަރުގައި އޮތް މިފްކޯގެ “ރަންދި 26” ގެ ފަޅުވެރިންތަކެއް ކޮވިޑަށް ފައްސިވިއިރު އެބޯޓުގެ ކެޕްޓަން ހުރީ މާމެންދޫގައެވެ. އަދި މިއަދު ހެނދުނު އެމީހާވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެހެންކަމުން މިދެރަށް ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި މޮނީޓަރިންގއަށް ގެނެސްފައެވެ. އަދި ދެރަށުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.