English Edition
Dhivehi Edition
ލެއޯލަވް އޭނަގެ ލޯބިވެރިޔާ އާއި އެކު

ޓިކްޓޮކްގައި ލެއޯލަވްގެ ނަމުން މަޝްހޫރު ޓިކްޓޮކާ 23އަހަރު، އޭނަގެ އުމުރުން 60އަހަރުގެ ލޯބިވެރިޔާ އަށް މަލާމާތް ނުކުރުމަށް ފޭނުންނަށް އެދިފިއެވެ.

ލެއޯލަވް ބުނީ އޭނައާއި ލޯބިވެރިޔާގެ އުމުރުގައި 37އަހަރުގެ އުމުރުގެ ތަފާތެއް ހުއްޓަކަސް އެއަންހެންމީހާ އަކީ ހަގީގީ ލޯބިވެރިޔާ ކަމަށެވެ.

ލެއޯލަވްގެ މާމައެއްގެ އުމުރާ އެއްވަރު އެއަންހެން މީހާއާއި ރައްޓެހިވެގެން އުޅޭތާ ވަރަށް ދުވަސްވެފައިވާ ކަމަށް ހަބަރުލިބެއެވެ. މިދެމީހުންގެ ޓިކްޓޮކް ވީޑިއޯތަކަށް ކޮމެންޓް ކުރާބައެއްފަރާތް ތަކުން ވަނީ ހުތުރުބަހުން މަލާމާތްކޮށް ކޮމެންޓްވެސް ކޮށްފައެވެ. ލެއޯލަވްބުނީ، ބައެއްމީހުން އޭނަގެ ލޯބިވެރިޔާ އަނގައިގައި ދަތްހުރިތޯ ސުވާލުކުރާކަމަށެވެ. އަދި މޫނުގައި ރޫޖެހިފައި ހުރި މުސްކުޅިއެއް ދެކެ ލޯބިވެގެން އުޅޭއިރު ލަދުނުގަންނަތޯ ބައެއްމީހުންވަނީ އޭނާއާ ސުވާލު ކޮށްފައެއެވެ.

މީގެ އިތުރުން ލެއޯލަވްގެ ވީޑިއޯ ތަކަށް ކޮމެންޓް ކުރި ބައެއްފަރާތް ތަކުންވަނީ އޭނާ އުޅެނީ އެއަންހެންމީހާގެ ފައިސާ އަށް ދަހިވެތިވެގެން ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ބައެއްމީހުން ވަނީ މުސްކުޅިމީހާ ގޮވައިގެން އުޅެނީ މީހުންގެ ސަމާލުކަން ހޯދުމަށްތޯ ސުވާލުކޮށްފައެވެ. ހުރިހާ ސުވާލުތަކަށް ޖަވާބުދެމުން ލެއޯލަވް ބުނެފައިވަނީ އޭނާ އެއަންހެންމީހާ ދެކެވަނީ ހަގީގީ ލޯބިކަމަށާއި ދެމީހުން ރައްޓެހިވެގެން އުޅެނީ ވަރަށް ލޯބިންކަމަށެވެ.

ލެއޯލަވް ބުނާގޮތުން އޭނާގެ އާއިލާމީހުންނާއި ލޯބިވެރިޔާގެ ދަރިންވެސް ދެމީހުންގެ ގުޅުމަށް ހިތްހަމަ ޖެހެއެވެ. ލެއޯލަވް އަށް މީހުން ފުރައްސާރަކުރަމުންދާތީ ދާދިފަހުން “ދަސަން” އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ އެދެމީހުން ލޯބިން ހަމަޖެހިގެން އުޅެނިކޮށް ބަޔަކު ކުރާ ހުތުރު މަލާމާތް ތަކާހެދި ހިތާމަކުރާ ކަމަށެވެ. އޭނާ ބުނެފައިވަނީ ލޯތްބަކީ ވަކި އުމުރަކަށް އޮތް އެއްޗަކަށް ނުވާއިރު، އެދެމީހުންގެ ދިރިއުޅުމާމެދު މަލާމާތް ނުކުރުމަށް އެދޭކަމަށެވެ.

އުމުރުން ދުވަސްވީ އަންހެނުންނާ ޒުވާން ފިރިހެނުން ގުޅި ކައިވެނިކޮށް ދިރިއުޅުމަކީ ދުނިޔޭގެ ހުރިހާ ދިމާލެއްގައިވެސް ހިނގަމުން އަންނަ އާންމު ކަމެކެވެ. އަދި ހަމަ އެހެންމެ އުމުރުން ދުވަސްވީ ފިރިހެނުންނާ ޒުވާން އަންހެން ކުދިން ކައިވެނިކޮށްގެންވެސް ދިރިއުޅެއެވެ. ލޯތްބަކީ ވަކި އުމުރަކަށް އޮންނަ އެއްޗެއް ނޫންކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.