English Edition
Dhivehi Edition

އޭޝިއަންކަޕް ކޮލިފައިންގައި އަންނަ މަހު ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗަށް ނެގި ސްކޮޑުގައި މިފަހަރު ވެސް ޓީސީ ސްޕޯޓްސް ކުލަބްގެ އިބްރާހިމް މަޙްދީ(ހަބޭސް އިއްބެ) އާއި މާޒިޔާ ސްޕޯޓްސް ކުލަބްގެ މުހައްމަދު އާރިފް ބަކާ ނުހިމަނައި ގައުމީ ސްކޮޑް އިއުލާންކޮށްފިއެވެ.

2019ވަނަ އަހަރު ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު އޮމާނާއި ދެކޮޅަށް މާލޭ ގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުން މިފަހަރު މުޅިން އަލަށް ގްރީން ސްޓްރީޓްސް ގެ އިބްރާހިމް ރިޒުހާނާއި މުހައްމަދު ސާއިފަށް ފުރުސަތު ދީފިއިވާއިރު މިސީޒަންގައި އުރީދޫ ޕްރިމިއަ ލީގު އަދި މާލޭ ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިބްރާހިމް މަހުދީ އަދި މުހައްމަދު އާރިފް ސްކޮޑުގައި ހިމަނާފައިނުވެއެވެ.

ކޮލިފައިންގައި އެންމެ ފަހުން އޮމާނާ ދެކޮޅަށް ކުޅުނު މެޗަށް ކޯޗު ޑެރަން ސްޓެވާޓް ނެގި ސްކޮޑުގައި ހިމެނުނު ގްރީން އަހްމަދު ރަޝީދު (އައްމަޑޭ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ތިންވަނަ ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މިފަހަރުގެ ސްކޮޑުން ބާކީކޮށްފައެވެ.

. އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗްގައި ފަލަސްތީން އަތުން ރާއްޖެ ވަނީ އެންމެ ފަހުން އޮމާން އާއި ދެކޮޅަށް އޮމާންގައި ކުޅުނު މެޗުން 5-0 ލަނޑުން ބަލިވެފައެވެ.އަދި ކޮލިފައިންގައި ރާއްޖެ ބޫޓާން އަތުން 2-0 ލަނޑުން މޮޅުވެފައިވާ އިރު ފަލަސްދީން އަތުން ވަނީ 3-0 ލަނޑުގެ ނަތީޖާއަކުން ބަލިވެފައެވެ.

އޮމާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ ކޮލިފައިން މެޗަށް ނެގި ގައުމީ ސްކޮޑް

މާޒިޔާ: މުހައްމަދު އުމެއިރު، ސަމޫހު އަލީ، އަމްދާން އަލީ، މުހައްމަދު އިރުފާން، އަޝްހަދު އަލީ، އިސްމާއިލް އީސާ

ނިއު ރޭޑިއަންޓް: އަހުމަދު އަބްދުﷲ، އަކްރަމް އުބްދުލް ޣަނީ، އަލީ ފާސިރު، ހަމްޒާ މުހައްމަދު، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު، އަލީ އަޝްފާގް، މުހައްމަދު ފައިސަލް

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު ޒާދު، ހަސަން ނާއިޒް، އިބްރާހިމް ވަހީދު ހަސަން، މުހައްމަދު އައްޒާމް

ކްލަބް ގްރީން ސްޓްރީޓްސް: ޝާފިއު އަހުމަދު، މުހައްމަދު ސާއިފް، އިބްރާހިމް ރިޒުހާން

ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒުވާން

މިލަންދޫ: މުހައްމަދު އިމްރާން

އޭފްސީ ކޮލިފައިންގައި ރާއްޖެ އާއި އޮމާން ކުޅޭ މެޗް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައެވެ