English Edition
Dhivehi Edition

15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު , އިންޑިއާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ޝާފް ޗެމްޕިއަން ޝިޕްގައި އިންޑިއާއި ރާއްޖެ ކުޅުނު މެޗުން އިންޑިއާ މޮޅުވެފައިވަނީ 9-0 ލަނޑުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާގެ ޒުވާން ޓީމްއިން ރާއްޖެގެ ޒުވާން ޓީމް ކޮޅަށް ހަތަރު ލަނޑު ވާއިރު މީގެ ތެރެއިން އެއް ލަނޑަކީ ރާއްޖޭގެ މުހައްމަދު ފައިހާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.ފުރަތަމަ ހާފްގައި އިންޑިއާއި ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ރަވީ ބަހަދުރް ރާނާ ކާމިޔާބުކޮށްދިންއިރު، ތޯއިބާ ސިންހް ވަނީ ފުރަތަމަ ހާފްގައި އިންޑިއާއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގައި ފަށައިގެން ރާއްޖޭގެ ކުޅުންތެރިން ޑިފެންސަށް އިސްކަން ދީގެން ކުޅެން މަސައްކަތް ކޮށްފައިވާއިރު މި ހާފްގައި ވެސް ފައިހާން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އިންޑިއާގެ ޓީމަށް ފުރތަމަ ހާފްގައި ދެ ލަނޑު ކާމިޔާބުކޮށްދިން ބަހަދުރް ރާނާ ވަނީ މި ހާފްގައި އެ ގޯލް ޖަހައި ހެޓްރިކެއް ފުރިހަމަކޮށްފައިވެއެވެ. އިންޑިއާއިން ޖެހި އަނެއް ދެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރިކީ ޖޯން ޝަބޮންގްއާއި ވިކްރަމް އަދި ލަލްރޮކީމާއެވެ.

މުޅިން އާ ކުޅުން ތެރިންގެ ސްކޮޑަކާއި އެކު މި މުބާރާތާއި ކުރި މަތިލި ރާއްޖެ ހިމެނެނީ ނޭޕާލާއި އިންޑިއާއެކު ގްރޫޕް ބީގައެވެ. ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝްއާއި ބޫޓާން އަދި ސްރީ ލަންކާއެވެ.

ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނިކުތްނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލްއާއި ދެކޮޅަށެވެ.