English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 10 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފައްސި ނަތީއްޖާ ލިބިފައިވާ 10 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 07 މީހަކާއި ރެންޑަމް ސާމްޕަލިންގ ތެރެއިން ސާމްޕަލް ނެގި 02 މީހަކާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި މީހެކެވެ.

ގދ. ތިނަދޫގައި މިހާތަނަށް 302 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެތެރެއިން 184 މީހުން ބަލިން ރަނގަޅުވެ މިވަގުތު ފަރުވާ ހޯދަމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ތިން މީހަކާއެކު ޖުމްލަ 118 މީހުންނެވެ.

ބައްޔަށް ޓެސްޓުކުރުމަށްޓަކައި ގދ. ތިނަދޫގައި ޖުމްލަ 3،723 ސާމްޕަލް ނަގާފައިވެއެވެ. އެތަނުން 86 ސާމްޕަލަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި ސާމްޕަލެވެ. މިވަގުތު ނަތީއްޖާ ނުލިބި ހުރީ 135 ސާމްޕަލެވެ.