English Edition
Dhivehi Edition

އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ސީރިޔާ އަތުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ތަޖިކިސްތާނުގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވެފައިވަނީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ތަޖިކިސްތާނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސީރިޔާ އިން ތިން ލަނޑު ޖަހާއި ލީޑު ނަގާފައިވާއިރު މިލަނޑުތަށް ސީރިޔާއަށް ކާމިޔާބުކޮށްދީފައިނީ އޮމަރް، މުހައްމަދު މާޓޮކް އަދި ޔާސިން އަބޯ ޗަންތާއެވެ.

ދެވަނަ ހާފް ފެށާއިގެން ފުރަތަމަ މިނެޓުން ފެށިގެން ސީރިޔާގެ ޒުވާން ޓީމުން ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކޮށް ދެވަނަ ހާފްގައި ވެސް ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހާފައިވާއިރު މި ލަނޑުތަށް ސީރިޔާއަށް ކާމިޔާބުކޮށް ދީފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަބްދުލް ރަހްމާން އަލް ކާތިބް ދެ ލަނޑު އަދި އަހުމަދު ހާތިމްއެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު ފުރަތަމަ މެޗު އޮމާންއާ ބައްދަލުކޮށް 0-8 ބަލިވެފައިވާއިރު ދެވަނަ މެޗުގައި ތަޖިކިސްތާނާއި ބައްދަލުކޮށް ރާއްޖެ ވަނީ 14-0ން ބަލިވެފައެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ގްރޫޕް ބީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ތަޖިކިސްތާން އޮތް އިރު ދެވަނައިގައި ތަޖިކިސްތާނަށްވުރެ އެއް ލަނޑު މަދުވެ ހަ ޕޮއިންޓާއި އެކު އޮތީ އޮމާންއެވެ.އަދި ތިންވަނައިގައި ތިން ޕޮއިންޓާއެކު ސީރިޔާ އޮތް އިރު ތާވަލްގެ ފުލުގައި 28 ގޯލްބައިކޮޅަށް ވަދެ އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެއެވެ.