English Edition
Dhivehi Edition

ބޫޓާންގައި ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ރާއްޖެ ބަލިވި މެޗުގައި ރާއްޖޭގެ ތޮލާލު ފުރަތަމަ ލަނޑު ޖަހައި ރާއްޖެއަށް ކުރި ހޯދައިދިން ނަމަވެސް އިންޑިޔާއިން ރާއްޖެ ބަލިކޮށްފިއެވެ.

ބޫޓާންގައި ކުޅުނު މިމެޗު އިންޑިއާއިން ރާއްޖެ ބަލިކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފްގައި ރާއްޖެ އާއި އިންޑިއާއިން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައިވަނީ ރާއްޖެ އިންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު ތޮލާލް(ތޮއްލޭ)އެވެ.

ތޮއްލޭގެ މި ލަނޑަށް ފަހުވެސް އިންޑިއާއިން މެޗުގެ ކޮންޓުރޯލް ހޯދައި ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކޮށް ރާއްޖޭގެ ގޯލާއި ދިމާލަށް ފުލުފުލުގައި ހަމަލާތަށް ފޮނުވާލަމުންނެވެ.ނަތީޖާއެއްގެ ގޮތުން މެޗުގެ 37 ވަނަ މިނެޓުގައި އިންޑިއާގެ ޕްރިންސެޓޮން ރެބެލޯ ގެ ލަނޑުން އިންޑިޔާ މެޗުގެ ނަތީޖާ ހަމަހަމަކުރި އިންޑިޔާއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަބީޝޭކް ހަލްދަރްގެ ލަނޑުން މެޗުގެ ލީޑު ހޯދާފައެވެ.

ދެވަނަ ހާފް ފަށާއިގެން ވެސް އިންޑިއާއިން ރާއްޖޭގެ ގޯލައަށް ނުރައްކާތެރި ގިނަ ހަމާލާތަކެއް ފޮނުވާލާފައިވާއިރު ރާއްޖޭގެ ޓީމުން ވަނީ ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެ އެހުރިހާ ހަމަލާތަށް މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލްގެ ފުލަށް ދިޔައިރު އިންޑިއާ ވަނީ ހަ ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނަ ލަނޑުގެ ތަފާތުން ހޯދާފައެވެ.