English Edition
Dhivehi Edition

18އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ބައިވެރިނުވާން ނިންމުމުމާއި ގުޅިގެން ރާއްޖެއަށް އޮޓަމެޓިކުން ސެމީޖެ ޖާގައެއް ކަށަވަރު ވެއްޖެވެ.

މިމަހުގެ 18އިން 27ގެ ނިޔަލަށް ބޫޓާންގައި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ސެމީގެ ޖާގައެއް ރާއްޖޭގެ އިތުރުން ނޭޕާލަށް ވެސް ވަނީ ކަށަވަރުވެފައެވެ.

ގުރޫޕް ބީގައި ހިމެނޭ ރާއްޖެއާއި ނޭޕާލަށް ސެމީފައިނަލްގެ ޖާގަތަށް ކަށަވަރު ކަށަވަރުވި ނަމަވެސް ގްރޫޕް ސްޓޭޖު އެއްވަނަ ޓީމް ކަށަވަރު ކުރުމަށް ރާއްޖެއާއި ނޭޕާލް މިމަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނެއެވެ.

ރާއްޖެއާއި ނޭޕާލް ކުޅޭ މެޗަށްފަހު ‘ގްރޫޕް ބީ’ގެ އެއްވަނަ ހޯދާ ޓީމެއް ސެމީގައި ނުކުންނަން ޖެހޭނީ ‘ގްރޫޕް އޭ’ގެ ދެވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އަދި ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމެއް ސެމީގައި ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަން ޝިޕްގެ ގްރޫޕް ބީގައި މިހާރު ރާއްޖެއާއި ނޭޕާލް ހިމެނޭ އިރު ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމުކަމުގައިވާ ބޫޓާނާއި އިންޑިއާ އަދި ބަނގްލަދޭޝެވެ.

ފުރަތަމަ ފަހަރަށް 2015 ވަނަ އަހަރު ބޭއްވި ސާޕް ޗެމްޕިއަން ޝިޕްގައި ވެސް ރާއްޖޭގެ ޒުވާން ގައުމީ ޓީމް ވާދަކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން 3-0 ލަނޑުގެ ވަނީ ބަލިވެފައެވެ.