English Edition
Dhivehi Edition

ނަވާރަ އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗުގައި ބޫޓާނުން ކާމިޔާބުކޮށްފިއެވެބޫޓާންގެ ދަނޑުގައި ކުޅުނު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ބޫޓާނުން ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުންވެސް ވާދަވެރ މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބޫޓާނުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު މެޗުގެ 52ވަނަ މިނެޓްގައި ބޫޓަނައަށް ކާމިޔާބުކޮށްދީފައިވަނީ އޮރްގިޔެން ވަންގްޗުކްއެވެ.

ކުރިން ދެ ގުރޫޕްއަކަށް ބަހާލައިގެން ކުޅެން ހަމަޖެހިފައި އޮތް މިމުބާރާތުން ސްރީލަންކާ ވާދަނުކުރަން ނިންމުމާއެކު މި މުބާރާތް ވަނީ ލީގު އުސޫލުން ކުޅެން ނިންމާފައެވެ.ލީގު އުސޫލުން ކުޅޭ މިމުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގުގެ އެއްވަނަ ހޯދާ ޓީމަކަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބޫޓާނާއި ބަނގުލަދޭޝް އަދި ނާޕާލެވެ.

19 އަހަރުން ދަށުގެ ޝާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަނގުލަދޭޝްއާ ދެކޮޅަށެވެ.