English Edition
Dhivehi Edition

ކޮވިޑްގެ އިމަޖެންސީ ހާލަތުގައި އެމާޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ހިދުމަތް ދޭން ފަށައިފިއެވެ.

އިމަޖެންސީ ހާލަތުގައި އެމްބިއުލާންސްގެ ޚިދުމަތް ލިބުން ލަސްވެ އުމުރުން 10 އަހަރުގެ މިޝްކާގެ މަރާ ގުޅިގެން ތައާރަފް ކުރެވުނު މިޚިދުމަތަކީ މާލޭ ސަރަހައްދުގެ ކޮވިޑް19 އާ ގުޅޭ އެމަޖެންސީ ކޭސްތަކަށް ހާއްސަ އެމްބިއުލާންސް ސާވިސްއެއް ގޮތަށް ދެވޭ ޚިދުމަތެކެވެ.

އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އީއެމްއެސްގެ ހިދުމަތް ފަށާފައިވާ ކަމަށާއި މިޚިދުމަތް ތައާރަފްކުރުމުގެ މަޤްސަދަކީ އިތުބާރު ކުރެވޭ އެމްބިއުލާންސް ހިދުމަތެއް ޤާއިމުކުރުން ކަމަށެވެ.

ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި އެ ހިދުމަތް ހޯދުމަށް މަބްރޫކު ވަނީ އިލްތިމާސް ކުރައްވާފައެވެ.

“އީއެމްއެސްގެ ބޭނުން ހިފަންވާނީ ހަމަ ކޮންމެހެން އެމަޖެންސީ ހާލަތްތަކުގައި،” މަބްރޫކް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން ކުރިޔަށް ގެންދާ އީއެމްއެސްގެ ހިދުމަތް ހޯދުމަށް ގުޅާނީ 100 އަށެވެ.