English Edition
Dhivehi Edition

ގދ.ގައްދޫއިން ކޮވިޑް-19އަށް ފައްސިވި މީހަކަށް ގދ.ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދޭން ފަށައިފިއެވެ.

ގައްދޫ ކޮމިއުނިޓީ ހެލްތް އޮފިސަރ އައިމިނަތު ރަޝީދާ މައުލޫމާތުދިންގޮތުގައި އެއީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ އުމުރުން 53 އަހަރުގެ ހައިރިސްކުގެ މީހެކެވެ. ބަލިމީހާގެ އޮކްސިޖަން ލެވެލް ދޭތެރެދޭތެރެއިން ދަށްވަމުންދާތީ ޑޮކްޓަރުންގެ ލަފާއާއި އެކީ އިތުރު ފަރުވާއަށް ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދެވުނީ ކަމަށް އާމިނަތު ރަޝީދާ ބުނެފައިވެއެވެ.

ރޭ ދަންވަރު 12 ޖެހިއިރު ބަލިމީހާ ތިނަދޫއަށް ގެނެވުނީ ސީއެމްބިއުލާންސްގައެވެ. ގައްދޫއިން މިހާތަނަށް 48 ކޭސް ފެނިފައިވާއިރު އޭގެތެރެއިން 8 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ.