English Edition
Dhivehi Edition
މިނިސްޓަރު އައިޝަތު ޝިހާމް:-

އޯގާތެރި މުޖުތަމައެއްގެ އަސާސަކީ ބަދަހި އާއިލާޖެންޑާ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އާއީލާތަކުގެ ދުވަހާ ގުޅިގެން މިއަދު މިނިސްޓަރު ދެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ކައިވެނި ރޫޅި ދެމަފިރިން ވަކިވާންޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުގައި ވެސް އެ އާއިލާތަކުގެ ކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ބާއްވައިދޭންޖެހޭ ކަމަށެވެ. އަދި ދުރުގައި އުޅެންޖެހުނު ނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓައި، އިޙުތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑުއެއްބަފާވަންތަކަން ދަމަހައްޓައި، އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރިވެ، އެހީތެރިވެ، ކުލުނުވެރިވާ އާއިލާތަކަކަށްވުން މުހިންމު ކަމަށެވެ. އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖުތަމައުގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީގެ އަސާސް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

“ފުރަތަމަ އާއިލާ” އަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އިސްކުރާ ސިޔާސަތަކަށްވުމާއި، މައިންބަފައިންނަށް އަޅައިލައި، ބޮޑެތި މީހުންނާއި ތިމާގެ އަޚުންނާ އުޚުތުންގެ ހާލު ބަލައި، ދަރިންނާ އެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭ މުޖުތަމައަކަށްވުމަށްވެސް މިނިސްޓަރު އައިޝަތު ޝިހާމް ވަނީ އެދިވަޑައިގެންފަ އެވެ.