English Edition
Dhivehi Edition
ނަމްޒާ

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ނަމްޒާ އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފް އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމްޒާ ބަދަލުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. އަދި ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފް ބަދަލުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ޖެންޑާ މިނިސްޓްރީން މި ބަދަލު ގެނެސްފައިވަ މިވަނީ އެ މިނިސްޓްރީން މަސައްކަތު މާހައުލުގައި ތަފާތުކުރުން ގެންގުޅެމުންދާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އެ މިނިސްޓްރީގައި 17 އަހަރު ވަންދެން މަސައްކަތްކުރި މުވައްޒަފަކާ މެދު ބޭ އިންސާފުން ކަންކޮށްފައިވާކަމުގެ ތުހުމަތުތަކެއްވަނީ ކޮށްފައެވެ. ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވި އައިޝަތު ޝޫޒާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ޝޫޒާ ވިދާޅުވެފައި ވަނީ އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.