English Edition
Dhivehi Edition
03 ޖޫން 2021: އައްޑޫ އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އައްޑޫ އީއޯސީ

އައްޑޫ ސިޓީން މިއަދު އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާ ހަމައަށް ހިތަދޫން 06 މީހަކާއި، މަރަދޫން އެކަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ މުޅިންވެސް ޑައިރެކްޓް ކޮންޓެކްޓްސް އެވެ. މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 317 އަށް އަރާފައިވާއިރު، މިހާރު ބަލިން ފަސޭހަ ނުވެ ތިބީ 87 މީހެކެވެ. މީގެ ތެރެއިން 03 މީހަކަށް ހަސްފަތާލުގައި ފަރުވާ ދެމުން އަންނަ އިރު 226 މީހަކު ވަނީ މި ބަލިން ފަސޭހަ ވެފައެވެ.

މިހާތަނަށް އައްޑޫ އިން 5448 ސާމްޕަލް ނަގާފައިވާއިރު މިއަދުން ފެށިގެން މި ހަފްތާގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އައްޑޫގެ އެކި ގޭގެއަށް ގޮސް ރެންޑަމް ސާމްޕަލް ނަގާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.