English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އަށް ހުށަހަޅައިފިއެވެ.

މިއަހަރުގެ ޖުލައި 31 ވަނަ ދުވަހު ބާރު ސްޕީޑުގައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ސައިކަލުގައި އިން މީހާ ވިއްސައިގެން ދިއުމުގެ ސަބަބުން އެ މީހާގެ ބުރަކަށްޓާއި ކަނދުރާގައި ރެނދުލާފައި ވެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިން މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އެ އޮފީހުން ދައުވާތައް ބަލައިގެންފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ. އެ ގޮތުން މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ

  • އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ / މާލެ
  • އިބްރާހީމް އިކްރާމް، މ. ލޭންޑްއޮފްގާޑަން / މާލެ
  • ޖިނާހު އިސްމާއީލް، އާޒާދުގެ / ގއ. ކަނޑުހުޅުދޫ

މި ތިން މީހުންގެ ތެރެއިން އިކްރާމް ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށް އޭނާ އިތުރު އެއް މަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުންނެވެ.