English Edition
Dhivehi Edition
ރޭ މާލޭގައި ހިނގި އެކްސިޑެންޓު

މިއަދުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުން އަންނަ މިންވަރު އިތުރުވަމުން އަންނައިރު އިއްޔެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މީހަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުތަކާ ގުޅިގެން ހުޅުމާލޭގައި ޑްރިފްޓްކުރުމަށާއި ރޭސްކުރުމަށް ވަކި ސަރަހައްދެއް ދީފައިވާ ހުއްދަ ބާތިލްކުރުން ހިމެނޭހެން 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް ވަނީ އަންގަވާފައެވެ.