ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މިއަދު 19:55 ގައި ނިޔާވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 46 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މިއަދު 20:11 ގައި ނިޔާވެފައެވެ. މި ދެ މަރާއެކު ރާއްޖެއިން މިއަދު އެކަނިވެސް 08 މީހަކު ވަނީ ނިޔާވެފައެވެ.