English Edition
Dhivehi Edition

ކޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓްގެ މައުލޫމާތު ހޯދަނީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ގޭގައި މަސައްކަތް ކުރާތީ އިދާރީ ބޭނުމަށް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން މިހެން ބުނެފައިވަނީ ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާންމު މައުލޫމާތު ހޯދުމަށް އެންގުމާއި ގުޅިގެން އެކަމާއި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. މުވައްޒަފުންގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓް ހޯދުމަކީ ހުދު މުހުތާރުކަމަށް މިސްރާބުޖެހުން ކަމުގައި ގިނަ ބަޔަކު ބުނެފައިވާއިރު ޑީޖޭއޭއިން ވަނީ މި އެކައުންޓްތަކުގެ މައުލޫމާތު ހޯދާ ސަބަބު ހާމަކޮށްފައެވެ.

ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުރިންވެސް މުވައްޒަފުންގެ އެ މައުލޫމާތުތައް ޑީޖޭއޭ އިން ހޯދާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މައުލޫމާތު ނެތް މުވައްޒަފުންގެ މައުލޫމާތުތައް އިތުރަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު އެ މައުލޫމާތު އެއްކުރަމުން ދަނީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަމުން ދާތީ އިދާރީ ބޭނުމަށްޓަކައި ކަމަށްވެސް އޮފިޝަލުވަނީ ވިދާޅުވެފައެވެ.

ޑިޖޭއޭއިން ވަނީ މީގެ ކުރިން ފަނޑިޔާރުންގެ އެ މައުލޫމާތުތައްވެސް ހޯދައިފައެވެ