English Edition
Dhivehi Edition
ފެމިލީ ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ޝަރުއީ ދާއިރާ މުވައްޒަފުންނަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ ‘ކޯޑް އޮފް ކޮންޑަކްޓް’ އަށް ބަދަލު ގެނެސްފިއެވެ.

ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ މެންބަރުކަން ކުރެވޭ އުސޫލުތައް ހިމަނާފައިވަނީ، ‘ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުން’ މާއްދާގެ ތެރޭގައެވެ.

މި މާއްދާގައިވަނީ އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރި ކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަަށެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމާ އެ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާންވާނެ ކަމަށެވެ.

ޝަރުއީ ދާއިރާ މުވައްޒަފުންނަށް ސިޔާސީ ހަރަކާތް މާނަކޮށްފައި ވަނީ ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ނުވަތަ މަގުބޫލުކަން ކުޑަކުރުމަށް ހިންގާ ހަރަކާތްތަކާ އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕެއިންތަކެވެ.

މި ގޮތަށް މި މާއްދާ އޮތް ނަމަވެސް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.