ގއ އަތޮޅު ހޮސްޕިޓަލުގެ އޮފީހާއި ޕަބްލިކް ހެލްތު ޔުނިޓް ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދަން އިޢުލާން ކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގަޒެޓްގައި އެ ހޮސްޕިޓަލުން ޝާއިޢު ކޮށްފައިވާ އިޢުލާންގެ ނަމްބަރު: 19(IUL)GAAH/GAAH/2021/(ގައި) ބުނެފައިވާ ގޮތުން، ހޮސްޕިޓަލުގެ އޮފީހާއި ޕަބްލިކް ހެލްތު ޔުނިޓް ހިންގުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް 5 ކޮޓަރިއާއި ސިޓިންރޫމާއި އެކު ހުރި ގެއެއް ކުއްޔަށް ނެގުމަށް ބޭނުންވެފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 6 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 އަށް އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.
ކޮވިޑް19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ގެނައި ބަދަލާއިއެކު މިހާރުވެސް ހޮސްޕިޓަލުގެ އޮފީސް އަދި ޕަޕްލިކް ހެލްތު ޔުނިޓް ހިންގަމުން ދަނީ އެ ރަށުގެ ކުއްޔަށް ހިފައިގެން އުޅޭ ގެއެއްގަ އެވެ.