English Edition
Dhivehi Edition

ގދ.އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓުގެ ގޮތުގައި ޒިފްލީނާ ޙަސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ކަމަށް ހުންނެވި ގދ.ތިނަދޫ ނީލުގެ ޒިފްލީނާ ހަސަން ގދ އަތޮޅުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހަމަޖެއްސެވީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑް19އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނީޓަރކޮށް އިތުރަށް ހަރުދަނާކުރުމަށް، ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައެޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަމަޖެއްސެވީ އެއަތޮޅަކަށް ނިސްބަތްވާ މިނިސްޓަރުން ނުވަތަ ޑެޕިއުޓީ މިނިސްޓަރުންނެވެ.

އޮންލައިންކޮށް މިއަދު ބެއްވުނު ގދ އަތޮޅުގެ އެޓޯލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުގައި ކޮވިޑް-19 ގައި މިއަތޮޅުގެ އެންމެ ފަހުގެ ހާލަތާއި ދިމާވާ ދަތިތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސްގެ އިތުރުން ޒިފްލީނާވެސް ވަނީ ބައިވެރިވެފައެވެ.