English Edition
Dhivehi Edition

ގއ.ގެމަނަފުށިން ގިނަ ބަޔަކު ބަލިން ފަސޭހަވެ އެކްޓިވް ކޭސްގެ އަދަދު ދުވަހުން ދުވަހަށް މިހާރު ދަށަށް ދަމުންދާކަމަށް އެރަށު ކައުންސިލް އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގެމަނަފުށީ ކައުންސިލް ރައީސް އިބްރާހިމް ނާޝިދު (ނާޝިދު) ވިދާޅުވީ މިހާތަނަށް 59 ފަރާތެއް ކޮވިޑަށް ފައްސިވެފައިވާއިރު އޭގެތެރެއިން 19 ފަރާތެއް މިވަނީ ބަލިން ފަސޭހަ ވެފައިކަމަށެވެ. އެހެންކަމުން، މިހާރު އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 40 އެވެ. އެއީ 5 ބިދޭސީންނާއި 35 ދިވެހިންނެވެ. އެންމެ ފަހުން ނެގުނު 10 ސާމްޕަލްގެ ތެރެއިން މިއަދު ފައްސި ވެފައިވަނީ އެންމެ ބިދޭސީއެކެވެ.

ފަހަކަށް އައިސް ބިދޭސީން ކޮވިޑަށް ފައްސިވަމުންދާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ރަށުގެ ރައްޔިތުން މިކަމަށް އިތުރަށް ސަމާލުވެ ވަޑައިގެން، ޒަރޫރީ ބޭނުމަށް މެނުވީ ގެއިންބޭރަށް ނިކުމެ ވަޑައި ނުގެންނެވުމަށް ގެމަނަފުށީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ގެމަނަފުށީގައި އެކްޓިވް ކޭސްތަށް ގިނަވަމުން ދިޔުމާއި ގުޅިގެން މިމަހު 27 ވަނަ ދުވަހު ރޭގަނޑު 09.00 އިން ފަތިހު 04.00 އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ޓެގު