English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 04 މީހުން ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އަދި ބައްޔަށް ފަރުވާ ލިބެމުންދިޔަ 04 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ފައްސިވި މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހެއްގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 03 މީހެއް ހިމެނެއެވެ.

މިއަދު ތިނަދޫއިން 24 ސާމްޕަލެއްގެ ނަތީއްޖާ ލިބިފައިވެއެވެ. ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭ ނެގި 31 ސާމްޕަލާއެކު ތިނަދޫއިން ޖުމްލަ 2،503 ސާމްޕަލް ނަގާފައިވެއެވެ. މީގެތެރެއިން ނަތީއްޖާ ނުލިބި މިވަގުތު 142 ސާމްޕަލެއް އެބަހުއްޓެވެ.

މިވަގުތު ތިނަދޫގައި ބައްޔަށް ފަރުވާ ލިބެމުންދާ 93 މީހުންގެ ތެރެއިން 02 މީހަކަށް ފަރުވާ ލިބެމުންދަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ. މިފަހުން ތިނަދޫގައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 189 ގައި ހުރިއިރު އޭގެތެރެއިން 96 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ.