English Edition
Dhivehi Edition

އެކްތާ ކަޕޫރްގެ ބަލާޖީ ގެނެސްދެމުން އަންނަ ‘ނާގިން’ ގެ ހަ ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ސީޒަންގައި ބަތަލާއެއްގެ ރޯލުން ފެންނާނެ ތަރިއެއްގެ ބަހުސް މިވަނީ ފެށިފައެވެ.

މީގެ ކުރިން، މި ސީޒަންގެ ލީޑް ތަރިއެއްގެ ގޮތުގައި ބިގް ބޮސް” ގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކް ފެނިގެންދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު މި ސީޒަންގެ ލީޑުން ރުބީނާ ނުފެންނާނެކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ. މި ސީޒަންގެ، ކޮންމެވެސް އެހެން ރޯލަކުން ރުބީނާ ފެނިގެން ހިނގައިދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން، މިފަހަރުގެ ލީޑް ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ ސްޓާޕްލަސް އިން ދެއްކި “ނަޒަރު” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނިޔަތީ ފަތުނާނީ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނާގިން6 ގެ ލީޑް ތަރިއެއް ހޮވުމަށްޓަކައި އޮޑިޝަންވެސް ބާއްވާފައިވާއިރު މި ޑްރާމާގެ ސެޓުގައި މަސައްކަތްކުރާ ފަރާތަކުންވަނީ މި ފުރުސަތު ނިޔަތީއަށް ލިބުން ވަރަށް ގާތްކަމަށް ބުނެފައެވެ. ނާގިން ސީޒަން ފަހެއް ކުޅުމަށްވެސް ނިޔަތީއަށް ފުރުސަތު ލިބިގެންދިޔައިރު ދިމާވި އެކި ސަބަބުތަކާ ހުރެ، ފަހުން އެ ފުރުސަތު ދީފައިވަނީ ސުރުބީ ޗަންދްނާ އަށެވެ. އެހެންކަމުން އެ ސީޒަނުގައިވެސް އެކްތާގެ ފުރަތަމަ ހޮވުމަށް ނިޔަތީ ވެގެން ދިޔައިރު މި ފަހަރުގެ ސީޒަނުން އޭނާ ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެކްތާގެ ނާގިން އަށް މިފަހަރު ފިނި ތަރުހީބެއް

ޓެގު