English Edition
Dhivehi Edition

މިހާރު ކަލާޒުން ދައްކަމުން އަންނަ އެކްތާ ކަޕޫރްގެ ޓީވީ ސިލްސިލާ “ނާގިން” ގެ ތިން ވަނަ ސީޒަންގެ އެންމެ ފަހު އެޕިސޯޑް އަންނަ މަހުގެ 26 ވަނަ ދުވަހު ދެއްކުމަށް ނިންމާފައިވާކަމަށް މި ސިލްސިލާގެ ޓީމުން ބުނެފިއެވެ.

11 މަސް ދުވަސްވަންދެން ކާމިޔާބުކަމާއި އެކު ދައްކާފައިވާ މިސިލްސިލާގެ ތިންވަނަ ސީޒަން ފްބްރުއަރީ މަހު ނިންމާލުމަށް ކުރިން ނިންމާފައިވީ ނަމަވެސް ސިލްސިލާ އުފައްދާ ފަރާތުންވަނީ ނާގިންއަށް ލިބެމުން ދިޔަ ތަރުހީބުގެ ސަބަބުން މި ތާރީހަށް ބަދަލު ގެނެސްފައެވެ. ނާގިންގެ ޓީމުން ބުނީ މި ސީޒަން ނިންމާލުމަށްޓަކައި ވަރަށް ހާއްސަކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ. މި ގޮތުން ނާގިންގެ ފުރަތަމަ ދެ ސީޒަނުގެ ލީޑް ކާސްޓް ވެސް ތިން ވަނަ ސީޒަނުގެ ފަހު އެޕިސޯޑުން ދައްކައިލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މަޝްހޫރު ގިނަ ބަޔަކު ބައިވެރިވާ ބޮޑު ހަފްލާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ޓީމުން ވަނީ ބުނެފައެވެ.

“ނާގިން 3″ ގެ މުހިއްމު ތަރިންނަކީ ސުރްބީ ޖިއޯތީ، އަނީތާ ހަސަން ދާނީ، ޕާލް ވީ ޕޫރީ އަދި ރަޖަތު ޓޯކަސް އެވެ.”ނާގިން 3” ނިންމައިލުމަށް ފަހު ކަލާޒުން ދެން ދައްކަން ފަށާނީ ކުރިން ގެނެސް ދިން ސިލްސިލާއެއް ކަމަށްވާ “ކަވަޗް” ގެ ދެވަނަ ސީޒަނެވެ

ޓެގު