English Edition
Dhivehi Edition

އެކްތާ ކަޕޫރްގެ ބަލާޖީ ގެނެސްދެމުން އަންނަ ‘ނާގިން’ އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިލްސިލާއެކެވެ.

ކަލާސް އިން ގެންސްދޭ ސުޕަނެޗްރަލް ސިލްސިލާ ނާގިން ގެ މި ފަހަރު ގެނެސްދިނީ މުޅިން ތަފާތް ކޮންސެޕްޓަކަށެވެ. ‘ކުޗް ތޯ ހޭ ނާގިން: އެކް ނަޔާ ރަންގް މޭ’ ގެ ނަމުގައި މި ފަހަރު ސީޒަން ގެނެސްދޭން ފެށި މި ސީޒަންގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ 7 ފެބްރުއަރީ 2021 ގައެވެ. ވެމްޕަޔަރަކާއި އާދެޔާއި ހިލާފް ގަދަ ބާރުތަކެއް ލިބިފައިވާ ހަރުފައެއް އެކަކު އަނެކަކުގެ ކިބައި ބަދަލު ހިފުމަށް އުޅުމުގެ ތެރޭގައި ލޯބިވާ މަންޒަރު ފެނިގެން ދިޔަ މި ސިލްސިލާގެ މިފަހަރުގެ ސީޒަނަށް ހީކުރި ވަރުގެ ކާމިޔާބީއެއް ނުލިބުނެވެ.

ނާގިންގެ ފުރަތަމަ ތިން ސީޒަނަށް ލިބުނު ފަދަ ބޮޑު ކާމިޔާބީއެއް ފަހުން ގެނެސްދިން ބައިތަކަށް ލިބިގެން ނުދިޔަ އިރު މިފަހަރުގެ ސީޒަން ގިނަ ބަޔަކަށް އެއްވެސް ގޮތަކަށް ކަމަކު ނުދިޔައެވެ. މި ޑްރާމާއަށް މީގެ ކުރިން ލިބުނު ތަރުހީބު ކުޑަވެ ޓީއާރްޕީގެ އެންމެ ފަހަތުގައި އޮތް އިރު އެކްތާ ވަނީ އެންމެ ފަހުން މި ސިލްސިލާ ކުރުކޮށްލާފައެވެ. މި ސިލްސިލާގެ އެންމެ ފަހު އެޕިސޯޑް މި މަހުގެ 21 ވަނަ ދުވަހު ދައްކާފައިވާއިރު ގިނަ ބަޔަކުވަނީ އެކްތާ މާ އަވަސް އަރުވާލައިގެން ޑްރާމާ ނިންމާލީކަމަށް ބުނެ ފާޑުކިޔާފައެވެ.

2015 ވަނަ އަހަރުން ފެށިގެން އެކްތާ ގެނެސްދެމުން އަންނަ ނާގިންއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވާއިރު މިހާރު މިޑްރާމާއަށް ލިބެމުންދާ ތަރުހީބު އަންނަނީ ކުޑަވަމުންނެވެ.