English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯދަމުންދިޔަ 10 މީހުން ބަލިން ފަސޭހަވެފައިވާ ކަން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 02 މީހުން ފައްސިވެ 10 މީހުން ބަލިން ފަސޭހަވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 93 އަށް ދަށްވެފައެވެ.

މިއަދު ފައްސިވި 02 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހެއްގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި މީހެއް ހިމެނެއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 185 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 115 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 42 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 13 މީހުންނެވެ.