އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އިރު އޮއްސި 18:00 އާއި ހަމައަށް ހިތަދޫން ކޮވިޑަށް 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހުޅުދޫ އިން އެކަކު ބައްޔަށް ޕޮޒިޓިވްވި އިރު، މީދޫ އިން ވެސް ވަނީ އެކަކަ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވި 13 މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންނެވެ. ދެން އެ އަވަށުން ޕޮޒިޓިވްވި މީހާއަކީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. ހުޅުދޫން ޕޮޒިޓިވްވި މީހަކާއި، ކުރިން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި މީދޫއިން ފައްސިވެފައި ވަނީ ރެންޑަމް ސާމްޕަލެކެވެ.
އައްޑޫ ސިޓީއިން ޖުމްލަ 260 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ކޮވިޑްޖެހިގެން ދެ މީހަކު ވަނީ ނިޔާވެފައެވެ.