English Edition
Dhivehi Edition
އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް ފައިސަލް ނަސީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ،

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ‏އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށެވެ.

ނައިބު ރައީސް ފައިސަލް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 59،644 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 34،621 މީހެކެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 24،867 ގައި އުޅޭއިރު އޭގެ ތެރެއިން 285 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުގަ އެވެ.